ޤުރުބާން ވެދާން ތައްޔާރުހޭ…؟

ޤައުމަށްޓަކާ ދީނަށްޓަކާ، ޤުރުބާން ވެދާން ތައްޔާރުހޭ…؟
އައުމުން ވަގުތު ފަސްނުޖެހި މޭ، ދިއްކޮށްލުމަށް ތައްޔާރުހޭ…؟

ފަހު ނޭވަޔާ ހަމަޔަށް ތިބާ، ލަސްކަރުގެ ފުރަތަމަ ލައިނުގާ
ރަހުމަތްތެރިންނާއެކު ތި ޖާން، ދުއްވާލުމަށް ތައްޔާރުހޭ…؟

އޮހޮރާލަމުން ރަތް ލޭ ބިމަށް، ވިހުރާލަމުން ދިވެހިންގެ ދިދަ
ގޮހޮރާ މެޔާ މުޅި ނަފްސުވެސް، ކުރުމަށް ފިދާ ތައްޔާރުހޭ…؟

ދުޝްމަން ބަޔަކު ކަމުގާ ވެގެން، ހިފުމަށް އަޔަސް ލޮބުވެތި މިބިން
ދުޝްމިންތަކުން ނައްތާލުމަށް، ޖޯޝާއެކީ ތައްޔާރުހޭ…؟

ލޮބުވެތި ބިމުން ބައި ކައިވަތެއް، ވިޔަކަސް ނުދޭން ގަދަ އަޒުމުކޮށް
ލޮބުވެތިވި އަބުޠާލުން ފަދައިން، ހިނގުމަށް ތިބާ ތައްޔާރުހޭ…؟

ހަނގުރާމައެއް ކުރިމަތިވުމުން، ޤައުމަށް އަމާންކަން ހޯދުމަށް
ހަގު ދަރިފުޅާ އަދި އަންހެނުން، ދޫކޮށްފަ ދާން ތައްޔާރުހޭ…؟

ގުޅިގެން އަތާ އަތްތައް އެކީ، މިނިވަންކަމުގަ ބާއްވަން މިބިން
މުޅި ދުނިޔެވެސް ޤައުމަށްޓަކާ، ޤުރުބާން ކުރަން ތައްޔާރުހޭ…؟

ސިޔާޒް ޖާބިރު

ސިޔާޒް ޖާބިރު

Siyaaz Jabir is the former editor of Mahaldheeb.com

1 Response

  1. Norty Norty says:

    Siyatte meethi varah habeyyysss… vazan, banduvah akuru, filikoalhi, kaafiyaa hurihaa ehcheh habeyyyxxx 😀

Leave a Reply

Your email address will not be published. Required fields are marked *